މަނީ ހައިސްޓްގެ ޓީޒާއެއް، ދައްކާނީ ސެޕްޓެމްބަރު މަހު

މަނީ ހައިސްޓްގެ ކާސްޓު---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒް"މަނީ ހައިސްޓް"ގެ ޓީޒާއެއް ދައްކާލާ ސީރީޒް ދައްކާނެ ތާރީޚު ހާމަކޮށްފި އެވެ.

ޓިޒާ ކޮޅުން ވަރުގަދަ ބަޑީގެ ހަމަލާތަކެއް ފެނިގެންދިޔަ ޝައުގުވެރި ގިނަ ކަންތައްތަކެއް ވެސް ޓީޒާއިން ފެނިގެންދިޔަ އެވެ. މަނީ ހައިސްޓްގެ ފަހު ސީޒަން ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭއިރު ވޮލިއުމް 1 ގެނެސްދޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ވޮލިއުމް 2 ގެނެސްދޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ނެޓްފްލިކްސް އިން ސްޓްރީމް ކުރާ މި ސީޒަން އަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީޒަން އެއްކަމަށް ޚަބަރުތައް ބުނެ އެވެ.

މި ސީޒަން ވެގެންދާނީ މުޅި ހައިސްޓުގެ ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަކަށް ކަމަށް ހައިސްޓުގެ ޓީމުން ކަށަވަރުކޮށްދެ އެވެ. އަދި މިފަހަރުގެ ބައި ސިފަކޮށްފައި ވަނީ ވަރުގަދަ "ވޯ" އެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް