އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު އާންމުކުރުން މާދަމާ ހެނދުނު

ދިރާގުގެ ރަސްމިއްޔާތެއްގައި ރައީސް ސޯލިހު--

އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު އާންމުކުރާނީ މާދަމާ ކަމަށް އެންވަޔަރަމެންޓް އެންޑް ޓެކްނޮލަޖީ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލާ ގުޅޭ ކަންތައް ވިލަރެސް ކުރަނީ ރައީސް އޮފީހުން ކަމަށެެވެ. އަދި އަގަށް ގެންނަ ބަދަލު އާންމު ކުރަން މާދަމާ ހެނދުނު 10:00 ރަސްމިއްޔާތެއް އޮންނާނެ ކަމަށް ވެސް ބުންޏެވެ.

އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލު ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑު ކިޔުންތައް އަބަދުވެސް ސަރުކާރަށް އަމާޒުވެ އެވެ.

މީގެ ކުރިން ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީ އޮތް އިރު އޭރުގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެފައިވަނީ މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންތައް ކޮށް އަގަށް ބަދަލު ގެނައުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

comment ކޮމެންޓް