ސަންގެ އީދު ހަދިޔާގެ ނަސީބުވެރިޔާ ހޮވައިފި

މިއަހަރުގެ ފިތުރު އީދު ހަދިޔާގެ ގޮތުގައި ސަން އިން ދޫކޮށްލާ 90،000 ރުފިޔާގެ އަގުހުރި ބެނެލީ ލިއޮންސީނޯ 250 މޮޑެލްގެ ސައިކަލުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ސައިކަލު ހޯދުމަށް އެސްއެމްއެސް ކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިޔާގެ ފޯނު ނަންބަރަކީ 9115993 އެވެ.

ބެނެލީގެ ރާއްޖޭގެ ސޯލް ޑީސްޓްރިބިއުޓަރަކީ ލޮޓަސް ފިހާރަ އެވެ.

މި ރޯދަ މަހުގެ ތެރޭ ސަން އިން ވަނީ ކޮންމެ ހަފްތާއަކު ވެސް ހާއްސަ އިނާމެއް ލިބޭ ރޯދަ ހަދިޔާ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ހަފްތާ އިނާމުގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ފަރާތްތަކަކީ

ހަފްތާ 1: 9106650

ހަފްތާ 2: 9672747

ހަފްތާ3: 9972785

ހަފްތާ4: 9111686

ހަފްތާ އިނާމުގެ ނަސީބުވެރިންނަށް ދޫކޮށްލަނީ ބަނީރާގެ ހާއްސަ ގިފްޓު ޕެކެކެވެ.

މީގެ އިތުރުން ރޯދަ މަހު ކޮންމެ ދުވަހަކުވެސް ގެނެސްދިން ދީނީ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ ފަރާތަކަށް 10،000 ރުފިޔާ ލިބޭ ސުވާލު މުބާރާތުގެ ނަސީބުވެރިޔާ ވެސް ވަނީ ހޮވައިފަ އެވެ.

ދީނީ ސުވާލު މުބާރާތުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށްގެން ގުރުއަތުން ހޮވުނު ނަސީބުވެރިޔާގެ ނަންބަރަކީ 7873280 އެވެ.

ސަންއިން ކުރިއަށްގެންދިޔަ ރޯދަ ހަދިޔާ އަދި އީދު ހަދިޔާ ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސަން މީޑިއާގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވަމެވެ.

comment ކޮމެންޓް