ބިލީ އައިލިޝްގެ ވޯލްޑް ޓުއާ އަންނަ އަހަރު!

ހުނަރުވެރި ލަވަކިޔުންތެރިޔާ ބިލީ---

ޒުވާން ލަވަކިޔުންތެރިޔާ ބިލީ އައިލިޝް 19، ގެ ވޯލްޑް ޓުއާ އަންނަ އަހަރު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ފަހަރުގެ ޓުއާގައި އޭނާ ކިޔާނީ ސްޓޫޑިއޯ އަލްބަމް "ހެޕިއާ ދެން އެވާ" ގެ ލަވަތަކެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހު ވޯލްޑް ޓުއާ ފަށާއިރު ލޮސް އޭންޖަލަސްގައި ބިލީ ހުށައަޅާނީ އޭޕްރިލް މަހުގެ ހަޔަކުން ނުވައަކަށެވެ.

ބިލީގެޓުއާ ކުރިއަށްދާނީ ނޯތު އެމެރިކާ، ޔޫރަޕު އަދި އިނގިރޭސިވިލާތުގައެވެ. އޭގެ ތެރޭގައި އެމެރިކާގެ ނިއު އޯލިއަންސް، ޗިކާގޯ، ޔޫކޭގެ މެންޗެސްޓާއާއި ގްލާސްގޯ، އަދި ސްވިޓްޒަލެންޓު ހިމެނެއެވެ.

ދާދިފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ ވަނީ ވޯގް ފޮޓޯޝޫޓެއްގައި ވެސް ބައިވެރިވެފައެވެ. އޭނާގެ އެ ފޮޓޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ކާމިޔާބު ލަވަކިޔުންތެރިޔާއަށް ވަނީ ބޮޑެތި އެވޯޑުތަކެއްވެސް ލިބިފައެވެ. އޭގެ ތެރޭގައި ހަތް ގްރެމީ އެވޯޑު، ދެ އެމެރިކަން މިއުޒިކް އެވޯޑު، ދެ ބްރިޓް އެވޯޑު އަދި. ދެގިނިސް ވޯލްޑް ރެކޯޑުވެސް ހިމެނެއެވެ.

ބިލީއަކީ ގްރެމީގެ މައި ހަތަރު ކެޓަގަރީ ކަމުގައިވާ ބެސްޓް ނިއު އާޓިސްޓް، ރެކޯޑް އޮފް ދަ އިޔާ، ސޯންގް އޮފް ދަ އިޔާ އަދި އަލްބަމް އޮފް ދަ އިޔާ އެއް އަހަރެއްގައި ހޯދި އެންމެ ޒުވާން ލަވަކިޔުންތެރިޔާއެވެ. އެއީ އޭނާގެ އަލްބަމް "ވެން ވީ ފޯލް އެސްލީޕް ވެއާ ޑޫ ވީ ގޯ"އަށާއި އެއަލްބަމްގެ ލަވަ ބޭޑް ގާއި އަށެވެ.

ބިލީގެ މަޝްހޫޜު ލަވަ "އެވްރީތިންގް އައި ވޯންޓެޑް"އަށްވެސް ވަނީ 2021 ވަނަ އަހަރުގެ ގްރެމީ އެވޯޑުގައި ރެކޯޑް އޮފް ދި އިޔާ އެޥޯޑު ލިބިފައެވެ.

comment ކޮމެންޓް