އެފްއޭއެމް އިމާރާތުގައި ހަދާ ފްލޫ ކްލިނިކުގެ 70 ޕަސެންޓު ނިމިއްޖެ

އެފްއޭއެމް އިމާރާތުގައި ހަދާ ފްލޫ ކްލިނިކުގެ 70 ޕަސެންޓު ވަނީ ނިމިފައި -- ފޮޓޯ: އެމްއެންޑީއެފް

އެފްއޭއެމް އިމާރާތުގައި ހަދާ ފްލޫ ކްލިނިކުގެ 70 ޕަސެންޓު މަސައްކަތް ނިމިއްޖެ އެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސާވިސް ކޯގެ ބެލުމުގެ ދަށުންނެވެ. މަސައްކަތުގައި އެމްއެންޑީއެފް ސާވިސް ކޯގެ ދަށުން މަސައްކަތްކުރާ މިލިޓަރީ އިންޖިނިއާސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އެ މަސައްކަތް ސިފައިންނަށް ހަވާލުކުރުމުން މަސައްކަތް ފަށާފައިވަނީ މެއި 17 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ.

އެ މަސައްކަތުގައި ރައީސް އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، އެޗްއީއޯސީ ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް