އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

ސަން ޓީވީގެ އިލްމީ ހަޒާނާ ޕޮރޮގުރާމްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދީނީ އެކި އެކި ޕްރޮގްރާމްތައް ހުށަހަޅުއްވާ، ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި އެވެ.

އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީ މިއަދު އެވެ. ޓްވިޓާއިން އޭނާގެ އެކައުންޓް ސަސްޕެންދް ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓްވިޓާގެ އުސޫލުތަކާއި ހިލާފު ވުމެވެ.

އަލީ ރަމީޒު 'ސަން' އަށް ވިދާޅުވީ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރި ސަބަބެއް ނޭންގޭ ކަމަށާއި އިނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.

"އަދި ވާނުވާ ނޭންގިގެން މިއުޅެނީ" އަލީ ރަމީޒު ވިދާޅުވި އެވެ.

ދީނީ ގިނަ ޕްރޮގްރާމްތައް ހުށަހަޅައި ދިނުމާއި ދަރުސްތައް ދެމުން އަންނަ އަލީ ރަމީޒު ޓްވިޓާ އެކައުންޓް ބޭނުން ކުރަމުން އަންނަނީވެސް އިސްލާމް ދީނާ ގުޅޭ އެކި އެކި ޓްވީޓްތައް ކުރުމަށެވެ. އޭގެ އިތުރުން ބައެއް ސިޔާސީ ޓްވީޓްތައްވެސް އޭނާ ކުރެ އެވެ.

މިފަހުން އޭނާ ފާހަގަ ކުރެވުނީ ޓްވިޓާގައި އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކާއި ގުޅިގެން ފާޑު ވިދާޅުވުވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މީގެ ކުރިންވެސް ބައެއް ދިވެހިންގެ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބައެއް ސިޔާސީ ފަރާތްތައްވެސް ހިމެނެ އެވެ.

comment ކޮމެންޓް