އަދުރޭގެ ދެކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގައި މިހާރު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަދުރޭގެ ދެކަނބަލުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ތިއްބެވީ ގޭގައި ކަމަށެވެ.

ދެކަނބަލުންގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އަދުރޭ އަކީ ހިތަށް ޕޭސް މޭކާ އެއް ލައްވާފައި ހުންނެވި ހައިރިސްކު ބޭފުޅެކެވެ.

މިހާރު ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު އިއްޔެ އާއި ހަމައަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ބައިލައްކަ އަށް އަރައިފަ އެވެ. މިހާރު 20،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު 118 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް