ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ 

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިރޭ 06:52 ގައި އޭޑީކޭގެ އީއާރަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އޭޑީކޭއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.

އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފަ އެވެ. . މިއީ ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 114 ވަނަ މީހާ އެވެ.

މިއަދު ރާއްޖެއިން މި ބަލީގައި ދެމީހަކު މަރުވެފައި ވާއިރު އިއްޔެ ހަތް މީހަކު މި ބަލީގައި ރާއްޖޭން ވަނީ މަރުވެފައެވެ. އެއީ ބަލި ފެތުރެން ފެށިފަހުން އެންމެ ގިނަ ބަޔަކު މަރުވި އެއް ދުވަހެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވެ މިހާރުވެސް 18،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

comment ކޮމެންޓް