ކޮވިޑް ފެތުރުން އިތުރުވެ، ސްރީލަންކާގެ ބޯޑަރު 10 ދުވަހަށް ބަންދުކޮށްފި

ލަންކާ އެއާޕޯޓުގެ އިމިގްރޭޝަން--

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާތީ އަވައްޓެރި ސްރީލަންކާގެ ބޯޑަރު 10 ދުވަހަށް ބަންދުކޮށްފި އެވެ.

ފޮރިން މިނިސްޓްރީއިން ވަނީ އެކަމާ ގުޅިގެން ސްރީލަންކާއަށް ކުރާ ދަތުރުތަކާ ގުޅިގެން ސަމާލުކަމަށް ކަންތައްތަކެއް ގެނެސްފަ އެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ފަރާތަކަށް ސްރީލަންކާއަށް އެތެރެ ނުވެވޭގޮތަށް އެގައުމުގު ސަރުކާރުން ނިންމުމެއް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެެވެ.

"އެހެންނަމަވެސް ސްރީލަންކާއިން އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ ކަމަށްވެސް އެ ނިންމުމުގައި އަންގާފައިވެ އެވެ." ފްރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސްރީލަންކާގައި މިހާތަނަށް 148،000 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި އެއް ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް