ފަތުރުވެރިން ތިބި ލޯންޗެއްގައި ރޯވެ ތިން މީހަކު ފިހިއްޖެ

އއ. މަތިވެރި

އއ. މަތިވެރިން ފަތުރުވެރިން ގޮވައިގެން އެކްސްކާޝަނަށް ދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ތިން މީހަކު ފިހިއްޖެ އެވެ.

މަތިވެރި ކައުންސިލްގެ މެމްބަރު ހުސައިން ނިހާން "ސަން"އަށް މިއަދު ވިދާޅުވީ އެ ހާދިސާގައި ފިހިފައިވަނީ ލޯންޗުގެ ކައްޕި އާއި ދެ ފަތުރުވެރިން ކަމަށެވެ.

"ލޯންޗުގެ ޕެޓްރޯލް ޓޭންކުން ހުޅު ހިފައިގެން އަލިފާންގަނޑު އެރީ ކަމަށް މައުލޫމާތު ލިބެނީ. މިހާރު ލޯންޗު އޮތީ އއ. އުކުޅަހުގައި،" ނިހާން ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާވި މީހުންނަށް މިހާރު ފަރުވާދެމުންދާއިރު، ތިން މީހުންގެ ވެސް ހަތަރެސްފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް