ބެކްލޮގް ހިމެނޭ ގޮތަށް މިއަދު 1،465 ކޭސް

ފެބްރުއަރީ 4، 2021: މާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބެކް ލޮގް ހިމެނޭ ގޮތަށް، މިއަދު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1،465 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކަށް ޕޮޒިޓިވް ކޭސްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 517 މީހެކެވެ.

މިއަދު ރެކޯޑު ކުރެވުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ، މާލެ އިން ޕޮޒިޓިވްވި 1،213 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 244 މީހެއްގެ އިތުރުން ރިޒޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 47،421 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 29،086 މީހަކު ރަނގަޅުވެފައި ވާއިރު، އެކްޓިވް ކޭސްގެ އަދަދަކީ 18،221 އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މިވަގުތު 268 މީހަކު ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ބަލީގައި މިހާތަނަށް ރާއްޖެއިން 105 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް