ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވެނީ، ދީނަށް ހަޖޫ ޖެހުން ހުއްޓުވިގެން: ތޯރިގު

ޓޮމް: ހަރުކަށު ފިކުރު ހުއްޓުވޭނީ ދީނަށް ހަޖޫ ޖެހުން ހުއްޓުވިގެން -- ފޮޓޯ / ރައްޔިތުން މަޖިލީސް

ހައްދުފަހަނަ އެޅި ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވޭނީ, އިސްލާމް ދީނަށް ފުރައްސާރަކޮށް, ކީރިތި ރަސޫލައަށް ހަޖޫޖެހުން ހުއްޓުވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރު ފަތުރާ, މީހުންގެ ލޭ ހުއްދަކަމަށް ގޮވުން އާންމުކަމަކަށްވެެފައިވާތީވެ, އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައި, މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ, ހަރުކަށި ފިކުރު އުފެދިގެން އައީ އިސްލާމްދީނާ ދެކޮޅު ހިޔާލުތައް ފާޅުކޮށް, ރަސޫލާއަށް ފުރައްސާކުރުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ އިރު, އެއާ އެއްވަރަށް ދީނަށް ފުރައްސާރަކުރުމުގެ އަމަލުތައްވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

"ހަރުކަށި ފިކުރަށް ޓެކުލްކުރަން މަސައްކަތް ކުރާއިރު, ލާދީނީ ކަންތައް ނުވަތަ ދީނާ ދެކޮޅު, ހާއްސަކޮށް اللهސުބުހާނަހޫ ވަތައާލާ އަދި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންގެ މަސައްކަތް ނުހުއްޓާނަމަ [އަދި] އެމީހުންގެ މަސައްކަތް ހުއްޓުވޭގޮތަށް ސަރުކާރުން މަސައްކަތް ނުކުރެވޭނަމަ, ލާހިކެއް ނޫން ހަރުކަށި ފިކުރު ހުއްޓުވުމަށް," ޓޮމް ވިދާޅުވި އެވެ.

ހަރުކަށި ފިކުުރު ފުޅާވެގެން އަންނަނީ އެގޮތަށް ދީނަށް ފުރައްސާރަކުރުމުން, "ވަކިން ތިބޭ ކުދިންތަކެއް ބޮލަށް ޗިޕެއް ޖަހައިގެން" ކަމަށް ޓޯމް ވިދާޅުވި އެވެ. އެހެން ކަމުން ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވޭނީ, ދީނަށް ފުރައްސާރަ ކުރާ މީހުންގެ އަމަލުތައްވެސް ހުއްޓުވިގެން ކަމަށް ޓޮމް ވިދާޅުވި އެވެ.

"ބްލެންސްކޮށް މަސައްކަތް ނުކޮށް, ލާދީނީ ކަންކަމާއި ރަސޫލަށް ފުރައްސާރަކުރަން މަސައްކަތް ކުރާ މީހުންނާމެދު ފިޔަޅު ނާޅައި, ރާއްޖެއިން ހަރުކަށި ފިކުރު ނައްތާނުލެވޭނެ." ޓޮމް ވިދާޅުވި އެވެ.

comment ކޮމެންޓް