ކޮވިޑުގައި މިމަހުގެ 31 ވަނަ މަރު، ޖުމްލަ 104 އަށް

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު19ގައި އިތުރު މީހަކު މަރުވެ އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމްލަ އަދަދު 104 އަށް އަރައިފި އެވެ.

މިއީ މި މެއި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑުގައި މަރުވި 31 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުންދިޔަ 73 އަހަރުގެ ދިވެހި އަންހެނަކު މިއަދު 12:10 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 104 ވަނަ މީހާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް މިހާރު ހުރީ ވަރަށް މަތީގަ އެވެ.

މިވަގުތު 16،900 އަަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 268 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

comment ކޮމެންޓް