އޭޑީކޭ އަށް 60،000 ޕީސީއާރު ޓެސްޓުކިޓު އެތެރެކުރަން އިންޑިއާ އިން ހުއްދަ ދީފި

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރުރެވޭ މިންވަރު އިތުރު ކުރުމަށް އިންޑިއާ އިން ޓެސްޓު ކިޓު އެތެރެ ކުރުމުގެ ހުއްދަ ދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ އޭޑީކޭ ހޮސްޕިޓަލުގެ ބޭނުމަށް، 60،000 އާރުޓީ-ޕީސީއާރު ޓެސްޓު ކިޓު އެތެރެކުރަން އިންޑިއާ އިން ހުއްދަ ދީފައިވާ ކަމަށެވެ.

އިންޑިއާގައި ވެސް ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުންދާ އިރު، އެ ގައުމުން ވަނީ ބޭހާއި މެޑިކަލް އެހެން ސަމާނު އެކްސްޕޯޓު ކުރުން މަޑުޖައްސާލާ ލިމިޓު ކޮށްފަ އެވެ.

އިންޑިއާގައި ކޮވިޑު ކޭސްތައް އިތުރުވެ ހޮސްޕިޓަލު އެނދުތައް ފުރި މަގުމަތީގައި އަދި ވެހިކަލްތަކުގައި ވެސް މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން އެކި ފަހަރު މަތިން އިންޑިއާއިން ވަނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ކުރިން ރާއްޖެ އަށް ބޭނުންވާ ބޭހާއި އެހެނިހެން މެޑިކަލް ސާމާނު ގެނައުމަށް ލުއި ދިންް އިރު އިންޑިއާ އިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 200،000 ޑޯޒް ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ. އަދި ރާއްޖެ އިން ސީރަމް އިންސްޓިޓިޓާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގަންނަން 300،000 ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒް ރާއްޖެ އަށް ގެނެސްފައިވާ އިރު، އިންޑިއާ އިން މިވަގުތު އޮތީ ވެކްސިން އެކްސްޕޯޓު ކުރުންވެސް މަޑުޖައްސާލައިފަ އެވެ.

comment ކޮމެންޓް