ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު އެމެޒޯން އަށް

ފިލްމުގެ ޕޯސްޓަރެއް---

ހުނަރުވެރި ބަތަލާ ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު "ޝާރްނީ" އެމެޒޯން ޕްރައިމްގައި ސްޓްރީމް ކުރާ ގޮތަށް ނިންމައިފި އެވެ.

ވަރުގަދަ ފިލްމުތަކަކުން އަބަދުވެސް ޖާގަ ހޯދާ ވިދްޔާގެ މި ފިލްމް އެމެޒޯން އިން ދައްކާނީ އަންނަ މަހުން ފެށިގެންނެވެ. ޖޫން މަހު ފިލްމު ސްޓްރީމްކުރަން ނިންމި ނަމަވެސް ފިލްމު ދައްކާ ވަކި ތާރީޚެއް އިއުލާންކޮށްފައެއް ނުވެ އެވެ. އަމިތު މާސްކަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގައި ވިދްޔާގެ އިތުރުން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ މުކުލް ޗައްދާ، ވިޖޭ ރާޒް، އިލާ އަރުން އަދި ނީރަޖް ކަބީއެވެ.

މި ފިލްމަކީ ވިދްޔާ ފޮރެސްޓް އޮފިސަރެއްގެ ރޯލުން ފެނިގެންދާ ތަފާތު ފިލްމެކެވެ.

ބަތަލާގެ މި ފިލްމު އެމެޒޯން އަށް އަންނައިރު އޭނާ އެންމެ ފަހުން ފެނިގެންދިޔަ "ޝަކުންތަލާ ދޭވީ" ވެސް މިހާރު އެމެޒޯން އިން ބަލާލެވޭނެ އެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިފަ އެވެ.

comment ކޮމެންޓް