އަރަބިއަން ޓޫރިޒަމް މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަނީ

އޭޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑު ---

މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރި ވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން މި މަހުގެ 19 އާއި ހަމައަށް ކުރިއަށްދާ އެ ފެއާގައިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު 37 ޓޫރިސްޓު ފެސިލިޓީ ތަމްސީލު ކުރުމަށް 69 ފަރާތަކުން ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

އޭޓީއެމް ފެއާގެ ތެރެއިން ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންތައް ދައްކާނެ ކަމަށާއި ރާއްޖޭގެ ސްޓޭންޑުވެސް ފަރުމާކޮށްފައި ވާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ކޮވިޑުގެ މހާލަތުގައި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކަތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ ކަމަށާއި، މިވަގުތު ރާއްޖެއަކީ އެންމެ ގނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުގެ ގޮތުގައިވެސް އިޝްތިހާރު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭޓީއެމްގެ ލައިވް އިވެންޓު މެއި 16 އިން 19 އަށް ދުބާއީގައި ކުރިއަށްދާއިރު 24 މެއި އިން 26 މެއި ގެ ނިޔަލަށް ވާޗުއަލް ބަޔެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ވާޗުއަލް އިވެންޓުގައިވެސް އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް އާއެކު ސިނާއަތުގެ ފަރާތްތަކުން ބައިވެރިވާނެ އެވެ.

މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް މާކެޓެވެ. އެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރުވެސް ހަރަކާތްތައް ކުރިއަށް ގެންދާއިރު މިއަދު ދުބާއީގައި ރޯޑް ޝޯ އެއްވެސް ކުރިއަށް ގެންދާނެ އެވެ.

މިދިޔަ އަހަރު އެ ސަރަހައްދުން 26،288 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 7،729 ޓޫރިސްޓުން އައިސްފައިވަނީ މެދުއިރުމަތިންނެވެ. އެ ސަރަހައްދުގެ ގިނަ އެއާލައިންތަކަކުން ރާއްޖެ އަށް ދަތުރު ކުރެ އެވެ.

comment ކޮމެންޓް