ސިންދްރެއްލާގެ ފަސްޓްލުކް ދައްކާލައިފި

ފިލްމުގައި ކަމީލާ ފެނިގެންދާ ގޮތް---

ލަވަކިޔުންތެރިޔާ ކަމީލާ ކެބޭލޯ "ސިންދްރެއްލާ"ގެ ރޯލުން ފެނިގެންދާ ފިލްމުގެ ފަސްޓްލުކް ދައްކާލައިފި އެވެ.

ފިލްމުގެ ފަސްޓްލުކްގައި ކަމީލާ ސިންދްރެއްލާގެ ކެރެކްޓާއިން ފެނިގެންދާއިރު ފިލްމުގައި ޕްރިންސްގެ ރޯލު ކުޅޭ ޒުވާން އެކްޓަރު ނިކޮލަސް ގަލިންޒީ ވެސް ފެނިގެން ގޮސްފައިވެ އެވެ. "ސިންދްރެއްލާ" އަކީ ކުރިން ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހުނު ފިލްމެކެވެ.

ނަމަވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ފިލްމު ތިއޭޓާއަކުގައި އެޅުވޭ ގޮތް ނުވީ އެވެ. ސޮނީ ޕިކްޗާޒް އިން ގެނެސްދޭ މި ފިލްމު މިހާރު ސްޓްރީމްކުރަން ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމަކުންނެވެ.

އެމެޒޯން ޕްރައިމް އިން އެ ފިލްމު ސްޓްރީމްކުރާނީ ސެޕްޓެމްބަރު މަހުގަ އެވެ. ކޭ ކެނަން ގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމަކީ އޭނާގެ ސްކްރީންޕްލޭ އެއްވެސް މެ އެވެ. މި ފިލްމަކީ ލަވަކިޔުންތެރިޔާ ކަމީލާގެ ފުރަތަމަ ފިލްމުވެސްމެ އެވެ.

އެ ފިލްމުގައި ގޯޑް މަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާ އެވެ.

އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންދްރެއްލާގެ ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާ އެވެ.

comment ކޮމެންޓް