އިތުރު 1467 މީހަކު ޕޮޒިޓިވް، ބަލި މީހުންގެ އަދަދު 15،000އިން މައްޗަށް

މެއި 27، 2020: ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު އިތުރު 1467 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 15،000އިން މައްޗަށް ހިނގައްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި މިއަދު 1467 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން އިއްޔެ ހަވީރު 6:00އިން މިއަދު ހަވީރު 6:00އާ ހަމައަށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވީ 939 މީހުންނެވެ. ބާކީ މީހުންނަކީ އޭގެ ކުރިން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން، 1267 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅު ތެރެއިން 182 މީހަކާއި ރިޒޯޓުތަކުން 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއާއެކު ރާއްޖޭގެ ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 42،775އަށް އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބިި މީހުންގެ އަދަދު ވަނީ 15،003އަށް އަރާފަ އެވެ. އޭގެ ތެރެއިން 250 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުތަކުގަ އެވެ.

ބަލި ޖެހިގެން މީހުން މަރުވާ އަދަދުވެސް އިތުރުވަމުންދާއިރު، މިހާތަނަށް 91 މީހަކު ބަލީގައި މަރުވެފައިވެ އެވެ.

comment ކޮމެންޓް