"މަނީ ހައިސްޓް 5" ޝޫޓްކޮށް ނިންމާލައިފި

މަނީ ހެއިސްޓްގެ ޕޯސްޓަރެއް--

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަނީ ހަައިސްޓްގެ ފަސް ވަނަ ސީޒަންގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ސީރީޒްގެ ފަހު ބައި ޝޫޓްކޮށް ނިންމާލުމަށް ފަހު މަނީ ހައިސްޓްގެ އޮފިޝަލް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ މި ހައިސްޓް ނިމޭ ގޮތް ބެލުންތެރިންނަށް ދައްކާލަން ކެތްމަދުވެފައިވާ ކަމަށެވެ. މި ސީރީޒްގެ ޝޫޓީން ފެށީ ގްރޫޕެއްގެ ގޮތުގައި ކަމަށާއި އަދި ސީރީޒްގެ ޝޫޓިން އެއްކޮށް ނިންމާލީ އާއިލާއެއްގެ ގޮތަށް ކަމަށެވެ.

ޝޫޓިން ނިންމާލި ނަމަވެސް ސީރީޒް ދައްކާނެ ދުވަހެއް އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް މި އަހަރު ތެރޭ މަނީ ހައިސްޓްގެ ފަހު ސީޒަން އަންނާނެ އެވެ.

ޖުމްލަ 10 އެޕިސޯޑު ހިމަނައިގެން މި ސީޒަން ގެނެސްދޭ އިރު މި ފަހަރުގެ ސީޒަނަކީ އެންމެ ޝައުގުވެރި ސީޒަނަށް ވެގެންދާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މި ސީޒަން ވެގެންދާނީ މުޅި ހައިސްޓުގެ ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަކަށް ކަމަށް ހައިސްޓުގެ ޓީމުން ކަށަވަރުކޮށްދެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަން އާންމުންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު މަހު ނުވަތަ އެއަށް ވުރެ ފަހުންނެވެ.

comment ކޮމެންޓް