މިދިޔަ މަހު ގެއްލުނު މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

މިދިޔަ މަހު ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު--

ހުސްވި އޭޕްރީލް މަހު ގެއްލުނު ޒުވާނަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ހަށިގަނޑުން ހިކިކޮށް ހުންނަ އަދި ބޮލުގެ އިސްތަށިގަނޑާއި ލޮލުގެ ކަޅީގައި ކަޅުކުލަ ހުންނަ މީހެކެވެ.

މި މީހާ ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، 3322111 ނުވަތަ 9631696އަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް