ދިރާގާއެކު އީދު މޮމެންޓްސް ހިއްސާ ކޮށްގެން ސެމްސަންގް ގެލެކްސީ އެސް 21+ އެއް

މިއަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ދިރާގުން ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފުކޮށްފިއެވެ.

މި ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓާ ގައި #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން އީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކޮށްލާށެވެ.

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރިއަކު ހޮވާއޮރު އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް އަދި އިތުރު ހަތަރު ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއް ދޭނެ އެވެ.

މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށެވެ.

މިއަހަރުގެ އީދުވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، އީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިންވެސް ޝާމިލު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް