މާސްކު ނާޅާ 136 މީހަކު، ކާފިއު އާ ހިލާފުވި 160 މީހަކު ޖޫރިމަނާ ކޮށްފި

މާލޭގެ މަގުމަތި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މަގުމަތީ އަދި އާންމު ތަންތަނުގައި މާސްކު ނާޅާ އުޅުނު 141 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭ ކާފިއު ވަގުތު ބޭރުގަައި އުޅުނު 160 މީހަކު ޖޫރިމަނާ ކުރި ކަމަށާއި ވެހިކަލް ދުއްވި 23 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ރެއާއި ހަމައަށް އޮތީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށްފަ އެވެ.

މިއަދުުން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ވަގުތުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.

comment ކޮމެންޓް