އުރީދޫ އީދު ޝޯ މިފަހަރުވެސް އޮންލައިންް ކޮށް

އުރީދޫ އިން މި އަހަރުވެސް ޑިޖިޓަލްކޮށް އީދު ޝޯ ކުރިއަށް ގެންދަން ނިންމައިފި އެވެ.

އުރީދޫ އިން ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތައް އަޅަންޖެހިފައިވާ މި ދުވަސްވަރުވެސް އީދުގެ އުފާ ފާޅުކުރުމުގެ އާދަ ދެމެހެއްޓުމުގެ ގޮތުން އުރީދޫ އީދު ޝޯ އޮންލައިން ކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އުރީދޫ އީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ފެނިގެންދާނެ އެވެ.

އުރީދޫ އިން ވަނީ މިދިޔަ އަހަރުވެސް ޑިޖިޓަލް އީދު ޝޯ އެއް ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ ތެރޭގައި ޒަކިއްޓެ، ޝަމްއޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.

އުރީދޫ އީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ އެވެ. އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޝޯ ބަލާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އން ބުނީ ގޭގައި ތިބެގެން މި ފޯރިގަދަ އީދު ޝޯ ގައި ބައިވެރިވުމަށް ދައުވަތު ހުޅުވާލާފައިވާ ކަމަށެވެ. .

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ފެންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

comment ކޮމެންޓް