ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފި

ޓައިޑްސް ކެފޭ --

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިއަދުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވައިގެން އާންމުންނަށް ހިދުމަތް ދެވޭނީ ފަތިހު ފަހަކުން ހަވީރު ހަޔަކަށް ކަމަށާއި ފުލުހުންގެ ހުއްދަ އާއެކު ރޭގަނޑު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. މި ގަޑިތަކަށް އަމަލު ކުރަން ނިންމާފައިވަނީ 18 މެއިގެ ނިޔަލަށެވެ.

މީގެ އިތުުރުން މިއަދުން ފެށިގެން މި މަހުގެ 18 ގެ ނިޔަލަށް ކެފޭ ރެސްޓޯރެންޓުތަކުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭނީ ފަތިހު ހަތަރަކުން ހަވީރު ހަތަރަކަށް ކަމަށާއި ފުލުހުންގެ ހުއްދަ އާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ވަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުންވެސް އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

މިގޮތަށް ވަގުތު ކަނޑައަޅާފައިވަނީ މާލެ ސަރަހައްދުގައި ހަވީރު ހަރަތަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކޮށް، ކެފޭ ރެސްޓޯރެންޓުތަކުގައި ޑައިން އިންގެ ހިދުމަތް ހުއްޓާލަން އަންގާފައިވާތީ އެވެ.

comment ކޮމެންޓް