އެމްޑީއޭގެ ލީޑަރު ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވައިފި

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ފިތުރު އީދުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

ދ. މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސިޔާމް، ފިތުރު އީދުގެ ތަހުނިޔާ ފޮނުއްވާ ނެރުއްވި ހިތޯބުގައި ވިދާޅުވީ މިއަހަރުގެ ފިތުރު އީދުވެސް ދިމާވީ ކޮވިޑުގެ ބަލިމަޑުކަމުގެ ނުތަނަވަސްކަން ކުރިމަތިވެފައިވާ ދުވަސްވަރަކާ ކަމަށާއި، ބަލި ތަހައްމަލު ކުރަމުންދާ ދިވެހި ރައްޔިތުންނަށް އަވަސް ޝިފާ އެއް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.

ބަލިން ރައްކާތެރިވުމަށް ހުރިހާ ރައްޔިތުންވެސް އެއްބައިވެގެން މަސައްކަތް ކުރުމަށް ސިޔާމް ގޮވާލެއްވި އެވެ.

އެމްޑީއޭގެ ލީޑަރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އީިދުގެ އުފާ ފާހަގަ ކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ މުސްލިމުންގެ މަތިން ހަނދާންކޮށް އެކަމުން ނަޖާކޮށްދެއްވުމަށް އެދި މާތްﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ ނަސްރެއް ދެއްވުމަށް އެދިލައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް