ކާފިއު ވަގުތު ބުރިޖުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ މީހުންނަށް

ފެބްރުއަރީ 18، 2021: ސިނަމާލެ ބްރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާފިއު ވަގުތުގައި ބްރިޖުން ދަތުރު ކުރެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ބުނެފި އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުުރު ނުކުރެވޭނެހެން އުސޫލަށް ބަދަލު ގެނެސްފައިވާ އިރު، މާލޭގައި ރޭގަނޑު 9:00 އިން ފަތިހު 4:00 ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ.

ކާފިއުގެ ވަގުތުގައި ސިނަމާލެ ބްރިޖުން ދަތު ކުރެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިއަދު ޓްރެފިކް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވަނީ ފަހަކަށް އައިސް ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓިފައިވަނިކޮށެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ ގާތްގަނޑަކަށް 700ގަ އެވެ.

ކާފިއު އިއުލާނު ކުރުމުގެ އިތުރުން، ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ވަނީ އަންގައިފަ އެވެ. އަދި ރެސްޓޯރެންޓުތަކާއި ޖިމްތަކާއި ކުޅިވަރު މަރުކަޒުތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

comment ކޮމެންޓް