"ސްޓްރޭންޖާ ތިންގްސް 4"ގެ ޓީޒާ ކޮޅެއް!

ޓީޒާގެ މަންޒަރެއް---

އާންމުންގެ މެދުގައި ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ ނެޓްފްލިކްސްގެ ހިޓް ސީރީޒް "ސްޓްރޭންޖާ ތިންގްސް 4"ގެ ޓީޒާކޮޅެއް ދައްކާލައިފި އެވެ.

ޓީޒާ ބަލާފައި ގިނަ ބަޔަލު ސިފަކުރަނީ މިފަހަރުގެ ސީޒަންގައި ސީރީޒްގެ ތަރި މިލީ ބޮބީ ބްރައުން (އެލެވެން)ގެ ބެކް ސްޓޯރީ އެނގިގެންދާނެ ކަމަށެވެ. ޓިޒާ އިން ފެނިގެންދަނީ ލެބޯޓަރީއެކެވެ. އަދި ފިރިހެން މީހެއް އައިސް އެލެވެން އަށް ގޮވާ މަންޒަރެވެ.

ސްޓްރޭންޖާ ތިންގްސް 4ގެ ފުރަތަމަ ޓީޒާކޮޅޫ ދައްކާލި ނަމަވެސް ސީރީޒްގެ ހަތަރު ވަނަ ބައި ސްޓްރީމްކުރަން ފަށާނެ ތާރީޚެއް އިއުލާންކޮށްފައެއްނުވެ އެވެ.

މި ފަހަރުގެ ސީޒަން އެހެން ސީޒަންތަކަށް ވުރެ މާ ބިރުވެރިވެފައި ރީތި ވާނެ ކަމަށް ސީރީޒްގެ އެކްޓަރު ޖޯއީ ކީރީ ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް