ޔުނިވަސިޓި، ކޮލެޖުްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދަން އަންގައިފި

އޭޕްރީލް 21، 2017: ގައުމީ ޔުނިވާސިޓީ އިން ފެށި "ފަހި ދުވަސް"ގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ޔުނިވާސިޓީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވަ މިއަދު އެޗްޕީއޭއިން ނެރުނު އިއުލަނެއްގައި ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަސް އަންގާ ކަމަށެވެ.

މި ނިންމުން ބަދަލުކުރާ އެހެން އެންގުމެއް އަންގަން ދެން ކިޔެވުން ކުރިޔަށް ގެންދަންވާނީ އޮންލައިންކޮށްކަމަށް އިއުލާންގައި ވަނީ އަންގައިފަ އެވެ.

އެޗްޕީއޭއިން ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ހާއްސަކޮށް މި ފިޔަވަޅު އަޅަފައި މިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިންތިހާއަށް މަތިވެފައިވާ ދަނޑިވަޅެއްގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މި ފިޔަވަޅުތަކުގެ އިތުރުން މާލެ ސިޓީގައި ވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމަޔަށް ކާފިއުވެސް އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް