ރައީސް ނަޝީދުގެ ސާޖަރީތައް ނިމިއްޖެ، ހާލު ރަނގަޅު: އާއިލާ

ރައީސް ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/އެމްޑީޕީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އަާއިލާ އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ވިދާޅުވީ ސާޖަރީ ނިމިފައިވާ ކަމަށާއި ދެން އޮތީ ފަރުވާ އަށް ފަހު ރަނގަޅު ވުމަށް ކުރަން އޮތް ދިގު ދަތުރު ކަމަށެވެ.

ރޭ ނީލޯފަރު ހިނގުން ސަރަހައްދުގައި އެއްޗެއް ގޮއްވާލާ ދިން ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އެއް ކަމަށާއި އެއީ އެމަނިކުފާނުގެ ފުރާނަދުއްވާލުމަށް ދިން ހަމަލާއެއްގެ ގޮތުގައި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ރޭގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު ފަރުވާ ދެއްވަނީ މަލްޑިސްޕެޝަލިޓީ ޑޮކްޓަރުންގެ ޓީމަކުންނެވެ.

comment ކޮމެންޓް