ރައީސް ނަޝީދަށް ގިނަ ޒަހަމްތައް ލިބިފައިވޭ، މިހާރު ހާލު ރަނގަޅު: އޭޑީކޭ

ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލި ސަރަހައްދު --- ފޮޓޯ: ޓްވިޓާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ މިރޭ ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މިރޭ 8:30 ހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށައި އެމަނިކުުފާނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލިޓީ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"ރައީސް ނަޝީދުގެ ވައިޓަލްސް ވެސް ސްޓޭބަލް. އިތުރު މައުލޫމާތު ހާމަކުރަމުންދާނަން،" ހޮސްޕިޓަލުން ބުންޏެވެ.

މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ސަރަހައްދުގައި ދިން އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފަނުގެ ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އެވަގުތު ހުރި ފަތުުރުވެރިއަކަށްވެސް ވަނީ އަނިޔާ ވެފައެވެ. ހާދިސާގައި ޒަހަމްވި އެހެން ފަރާތްތަކަށްވެސް އޭޑީކޭ ގައި ފަރުވާ ދެމުންދާއިރު ފުލުހުންނާއި ސިފައިން ދަނީ ހާދިސާ ތަހުގީގު ކުރަމުްނނެވެ.

މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާ އާއެކު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލް މަތިކޮށްފައިވާއިރު ސިޔާސީ ބޭފުޅުުުްންނާއި ބޭރުގެ ޑިޕްލޮމޭޓުންވެސް ދަނީ ހާދިސާ ކުށްވެރިކުރަމުންނެވެ.

comment ކޮމެންޓް