ރޭގަނޑު 9:00 ފަހުން ފިހާރަތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓުން މަނާކޮށްފި

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

ފިހާރަ ތަކާއިކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައ އަޅާފައިވާތީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު އަށަކުން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން 00:00 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ބުންޏެވެ.

އެ މުއްދަތުގައި ސައިހޮޓާ. ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަންް އާންމުންނަށް ކެިއން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށާއި މެއި 12 ގެ ނިޔަލަށް ފުލުހުން ގެ ހުއްދަ އާއެކު މެންދަމު ތިނެއް ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ ފިހާރަތަކަޢ ިރެސްޓޯރެންޓު، ކެފޭތަކުން ހިދުމަތްދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބައަވުމަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރޭގަނޑު ނުވަޔަކުން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުގެ ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން އަންގާފައިވާއިރު މާލެ ސަރަހައްދުން އިއްޔެ އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 32،000 ހުރަސްކޮށްފައ ިވާއިރު 7،000 އަށްވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާހޯދަމުންނެވެ. ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރައިފައެވެ.

comment ކޮމެންޓް