ކުނި ނެރޭ ގަޑިއަށް ބަދަލު ގެނެސްފި

ވެމްކޯގެ ވެށިފާރަވެރިން ކުނި ނެގުމުގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބީސީތަކުން ކުނި ނެރޭ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން ރޯދަމަހު ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަނީ ރޭގަނޑު 10 އާއި 11 އާއި ދެމެދު އެވެ.

ނަމަވެސް މިރެއިން ފެށިގެން އެ ވަގުތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. މިއާއެކު މިހާރު މާލެ ސަރަހައްދުގެ ގޭބީސީ ތަކުން ކުނި ނެރެން ޖެހޭނެ ގަޑިއަކީ ރޭގަނޑު 9:00 އާއި 10:00 އާއި ދެމެދު އެވެ.

ވެމްކޯ އިން މިވަގުތު މާލެ ސަރަހައްދުގެ ގޭގެއިން ކުނި އުކާލަ ދެނީ ގޭބީސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާ އާއި ހަމައަށް ކުނި ނެރުމުންނެވެ.

މި ބަދަލު ގެނައީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެމްކޯ އިން ބުންޏެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހަވީރު 5:00 ގައި ބަންދު ކުރާނެ ކަމަށާއި ވެމްކޯގެ ކޯލް ސެންޓަރުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ކަމަށް ވެމްކޯ އިން ބުންޏެވެ.

comment ކޮމެންޓް