ބްރިޖު މަތިން ދެ ސައިކަލު ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

ބްރިޖު މަތިން މިރޭ ހިނގި އެކްސިޑެންޓް— ސަން ފޮޓޯ/އިބްރާހިމް އިފާޒު

ސިނަމާލެ ބްރިޖު މަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:45ހާއިރު ކަމަށެވެ.

"މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި." ފުލުހުން ބުނެ އެވެ.

އެހެން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ހާމަކޮށްފައިނުވެ އެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް