ޖެންޑާ މިނިސްޓްރީގެ ދެ ބޭފުޅަކު ހެލްތުގެ ނައިބުންނަށް ބަދަލުކޮށްފި

ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީގެ ހުސްވެފައިވާ ދެ މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅުން އައްޔަންކޮށްފި އެވެ.

އެގޮތުން މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމަށް އާއިޝަތު ރަޝީދު، އަދި މިނިސްޓާ އޮފް ހެލްތުގެ ނައިބުގެ މަގާމަށް އަބްދުއްޝުކޫރު އަބްދުލްހަކީމް މިއަދު ވަނީ އައްޔަންކުރައްވައިފަ އެވެ. އެ ދެބޭފުޅުން ވެސް މީގެކުރިން ތިއްބެވީ ޖެންޑާ މިނިސްޓްރީގެ މަގާމުތަކުގަ އެވެ.

އާއިޝަތު ރަޝީދު މީގެކުރިން ހުންނެވީ ޖެންޑާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަބްދުއްޝުކޫރު އަބްދުލްހަކީމް ހުންނެވީ ޖެންޑާގެ ނައިބުގެ މަގާމުގަ އެވެ.

ހެލްތުގެ އެ ދެ މަގާމު ހުސްވީ ކޮވިޑް-19 ގެ ހަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އިއްޔެ ވަކިކުރުމުންނެވެ.

މިއަދު ހެލްތަށް އާ ބޭފުޅުން އައްޔަންކުރި އިރު، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ނެޝަނަލް ޑްރަގް އެޖެންސީ ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް