މަޑިހާ ސަން ބަދިގެ: ޗިކަން ކެސަޑިއަސް

ބޭނުންވާނެ ތަކެތި

  • 2 ސަމުސާ އޮލިވް އޮއިލް
  • 250 ގްރާމް ބޯންލެސް ޗިކަން
  • 25 ގްރާމް ރެޑް ބެލްޕެޕާ
  • 25 ގްރާމް ޔެލޯ ބެލްޕެޕާ
  • 25 ގްރާމް ގްރީން ބެލްޕެޕާ
  • 1 ފިޔާ
  • 1 ސަމުސާ އޮރެގަނޯ
  • 2 ސަމުސާ ދިރި
  • 1 ސަމުސާ މުގުރި މިރުސް
  • 100 ގްރާމް މޮޒްރެލާ ޗީޒް
  • ކޮރިއެންޑާ ލީވްސް
  • ރަހަލާވަރަށް ލޮނާއި އަސޭމިރުސް
  • 2 ކޯން ޓޯޓީއާ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވައެއްގައި ކުކުޅުކޮޅު ފިހެލާށެވެ. އެއަާސް ފަހު ހުރިހާ ތަރުކާރީއެއް ތަވައަށް އެޅުމަށް ފަހު ތިން މިނެޓް ނުވަތަ ހަތަރު މިނެޓް ބަހައްޓާލާށެވެ. އޭގެ ފަހުން ދިރި އާއި މުގުރި މިރުސް އަދި ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރު ކޮށްލާށެވެ. އޭގެ ފަހުން ތަވާ އުނދުން މަތިން ބާލާނީ އެވެ.

ކުކުޅާއި ތަރުކާރީ އަޅައިގެން ތައްޔާރުކުރި ތަކެތި ކޯން ޓޯޓިއާ ގައި ލޭޔާއެއް ގޮތަށް އަޅައި އޭގެ މައްޗަށް ޗީޒް އަޅާށެވެ. ދެން ތަވައެއްގައި ދެފުއް ފިހެލާށެވެ. ފިހެލާނީ ކުޑަކޮށް ރަތްވެލަންދެނެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް