އިލެކްޝަންސް ކޮމިޝަނުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން — ސަންފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ 12 ވަރަކަށް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް 'ސަން' އަށް ވިދާޅުވީ އެ ކޮމިޝަނުގެ ތިން ސެކްޝަނެއް އެކީގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 12 މުވައްޒަފުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕޮޒިޓިވް އެއްވެސް ސްޓާފެއްގެ ހާލު ސީރިއަސްއެއް ނޫން. ކޮންޓެކްޓް ޓްރޭސިންގް ހަދަމުން ދަނީ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މާދަމާއިން ފެށިގެން އެ ކޮމިޝަނުގެ ތިން ސެކްޝަނެއް ފިޔަވައި އެހެން ހުރިހާ ސެކްޝަންތަކެއްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަ ޖައްސާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން 12 މުވައްޒަފަކު ޕޮޒިޓިވްވެފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރި ފަހުން އަދި ވީ ދެ ހަފްތާއެއްހާ ދުވަހެވެ. އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އުޅުނު އިރު އެ ކޮމިޝަނުގެ މުވައްޒަފުން ގިނަ އަދަދެއްގެ މީހުންނާ ބައްދަލުވި އެވެ.

comment ކޮމެންޓް