ދީޕިކާގެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ދީޕިކާގެ އާއިލާ---

ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު އެކްޓަރުންގެ ތެރޭ ހިމެނޭ ތަރި ދީޕިކާ ޕަދުކޯންގެ މުޅި އާއިލާ ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދީޕިކާގެ ބައްޕަ، އިންޓަނޭޝަނަލް ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަދުކޯންއެވެ. އޭގެ ފަހުން ދީޕިކާގެ މަންމަ އުޖާލާ އާ ކޮއްކޮ އަނީޝާ ޕަދުކޯން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މި ވައިރަސް ދީޕިކާއަށް ވެސް ޖެހިފައިވާ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ މަހު ދީޕިކާ އާ ފިރިމީހާ ރަންވީރު ސިންހް ވަނީ މަހާރަޝްތްރާގައި ކާފިއު އިއުލާންކުރުމާ އެކު ބެންގަލޫރަށް ގޮސްފަ އެވެ. ރަންވީރު ކޮވިޑަށް ޕޮޒިޓިވްވިކަމެއް އެނގިފައެއް ނުވެ އެވެ. ބަތަލާގެ ބައްޕަ ޕްރަކާޝްއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އަނީޝާ އާ އުޖާލާ ހުރީ ހޯމް ކަރަންޓީނުގަ އެވެ.

އެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ގިނަ ބަޔަކު އަންނަނީ ސޮޝަލް މީޑިއާ މެދުވެރިކޮށް އާއިލާއަށް އަވަސް ޝިފާއަށް އެދެމުންނެވެ.

comment ކޮމެންޓް