ޓްވިޓާ އިން ކަންގަނާ ނެރެލައިފި

ބަތަލާ ކަންގަނާ--

ޓްވިޓާއިން ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ސަސްޕެންޑްކޮށްފި އެވެ.

ޓްވިޓާއިން ކަންގަނާ ސަސްޕެންޑް ކުރީ ދާއިމަށެވެ. ޓްވިޓާގެ އުސޫލުތަކާ ހިލާފަށް ޓްވީޓްކުރަމުންދާ ކަމަށް ބުނެ އެ ޕްލެޓްފޯމުން ކަންގަނާ ބޭރުކޮށްލިއިރު އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެކަމާ ނުރުހުންވެ އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ވީޑިއޯއެއްގައި ބުނީ ޓްވިޓާއިން އޭނާ ބޭރުކޮށްލިޔަސް އޭނާއަށް ހިޔާލުފާޅުކުރުމަށް އެހެން ޕްލެޓްފޯމްތައް އެބަހުރި ކަމަށެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ.

ޓްވިޓާއިން ކަންގަނާ ބޭރުކޮށްލުމާއެކު ބައެއް ތަރިން ވަނީ އެކަމާ އުފާފާޅުކޮށްފަ އެވެ. ބަތަލާ ކުބްރާ ސައިތު ބުނީ ކަންގަނާ އާ ނުލާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މާ އުފާވެރިވާނެ ކަމަށާއި މިއީ ދާއިމީ ހައްލެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދާދިފަހުން ކަންގަނާގެ މުމްބާއީ އޮފީހުގެ ބައެއް ބުރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ވަނީ ތަޅާލައިފަ އެވެ. އެކަން ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު