މާލެއިން 440 މީހަކު ޕޮޒިޓިވް، ޖުމްލަ 601 ކޭސް

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން މިއަދު ކޮވިޑް 19 އަށް 440 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވީ މީހުން ޖުމްލަ އަދަދު އުޅެނީ 601 ގަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 601 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 4552 ސާމްޕަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން މާލެއިން ނެގީ ކިތައް ސާމްޕަލް ކަމެއް އަތޮޅުތަކުން ނެގީ ކިތައް ސާމްޕަލް ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ ބަލިމީހުންގެ އަދަދު ވަނީ 6508 ކަށް އަރާފަ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އުޅެނީ 31،931 ގަ އެވެ.

މިއަދު ޕޮޒޮޓިވްވީ މީހުންގެ ތެރެއިން 19 މީހަކު ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަތަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް