ފުލުހުންގެ ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެއްޖެ

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފުލުހުންގެ ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމިއްލައަށް މަރުވެފައި ވަނީ ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދުގައި ހުރި މީހެއް ކަމަށެވެ.

އެމީހާ މަރުވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަ އެވެ. އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް، އަދި އޭނާ ބަންދުކޮށްފައި ހުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ އާ ގުޅޭ މައުލޫމާތު ކަމާގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ އިދާރާތަކުންނާއި ފުލުހުން ވެސް އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް