ބްރިޖުގައި ރެނދުލާފައި ކަމަށް ބުނެ ދައުރުވަނީ ސައްހަ ފޮޓޯއެއް ނޫން

ސިނަމާލެ ބްރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުގައި ރެނދުލާފައިވާކަމަށް ބުނެ ދައުރުވަނީ ސައްހަ ފޮޓޯ އެއް ނޫން ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ބުނީ ސިނަމާލެ ބްރިޖުގައި ރެނދުލާފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ ފޮޓޯ އާ ގުޅިގެން އެ މިނިސްޓްރީގެ ޓެކްނިކަލްް ޓީމުން އެ ސަރަހައްދުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.

އަދި އެ ފޮޓޯތަކުން ފެންނަނީ ރެނދެއް ނޫންކަން އެ އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ކަމަށާއި ފޮޓޯއިން ފެންނަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ އެކްސްޕެންޝަން ޖޮއިންޓްތަކަކުން ފެން ފައިބާފައިވާ މާކުތަކެއްކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޕްލޭޭނިން މިނިސްޓްރީ އިން ބުނީ ފެންފައިބާފައިވަތަން މިހާރު ސާފުކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގައި އެޅި ބްރިޖުގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.

comment ކޮމެންޓް