އެމްޓީސީސީ އިން އެކްސްޓްރާ އޯޑިނަރީ އާންމު ޖަލްސާއެއް ބާއްވަނީ

އެމްޓީސީސީގެ 2019ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީ އިން އެކްސްޓްރާ އޯޑިނަރީ އާންމު ޖަލްސާ އެއް ބާއްވަން ނިންމައިފި އެވެ.

އެކުންފުނީގެ ހިއްސާދާރުންނަށް ފޮނުވި ނޮޓިސްގައި ބުނެފައި ވަނީ ކުންފުނިން ބާއްވާ ހާއްސަ ގޮތުން ކުރާ އަންމު ޖަލްސާ ނުވަތަ އެެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން މި މެއި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ޖަލްސާ ބާއްވަން ނިންމާފައި ވަނީ ފަހިވޯޓު މެދުވެރިކޮށް އެ ދުވަހުގެ ހަވީރު ހަރަތެއް ޖަހާއިރު އެވެ.

އެ ޖަލްސާގައި 2020 ވަނަ އަހަރު ބޭއްވި އެކްސްޓްރާ އޯޑިނަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސް ކުރުމާއި ކުންފުނީގެ ހިންގާ ގަވައިދަށް ގެނެސްފައިވާ އިސްލާހުތައް ފާސް ކުރުން އޮންނާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މި އަހަރު ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންްގައި ބައިވެރިވެވޭނީ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގއި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މެއި 14 ވަނަ ދުވަހުގެ ކުރިން ރެޖިސްޓާ ވާން ޖެހެއެވެ.

comment ކޮމެންޓް