ދިރާގުގެ އަހަރީ އާންމު ޖަލްސާ މެއި 20 ވަނަ ދުވަހު

ދިރާގުން ންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓު ގާއިމް ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިރާގުގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމަައިފި އެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ވާޗުއަލްކޮށް، ފަހިވޯޓު މެދުވެރިކޮށެވެ. ޖަލްސާ އޮންނާނީ މެއި 20 ވަނަ ދުވަހުގެ 13:00 ގައެވެ.

ދިރާގުން ބުނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެވޭނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ފާއިތުވި އަހަރުގެ ކުންފުނީގެ ރިޕޯޓު ފާސްކުރުމާއި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަނު ކުރުން އަދި 2020 ވަނަ އަހަރު ދިރާގަށް ލިބުނު ފައިދާ އިން ހިއްސާ ދާރުންނަށް ހިއްސާގެ ގޮތުގައި ބަހާނެ މިންވަރު ފާސްކުރުން އޮންނާނެ އެވެ.

ފާއިތުވި 2020 ވަނަ އަހަރު ދިރާގަށް ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާ އަކަށް 7.23 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް