މަޑިހާ ސަން ބަދިގެ: ގްރިލްޑް ޗިކަން ތައި ވިތު ޗިމިޗޫރީ ސޯސް

ސަން ބަދިގޭގައި މިއަދު ތައްޔާރުކުރަން މި އުޅެނީ ތަފާތު ޑިޝްއެކެވެ. ޗިމިޗުރީ ސޯސްއަކީ އާޖެންޓީނާއަށް ނިސްބަތްވާ، ފަސޭހައިން ތައްޔާރުކޮށްލެވޭ ސޯސްއެކެވެ. މި ސޯސްއަކީ ކެއްކުމުގައި ބޭނުންކުރާ، އަދި ބައެއްފަހަރު ފިހެފައި ހުންނަ މަސް ނުވަތ ގްރިލްޑް މީޓްގެ މަައްދަށް ފަތުރާލައިގެން ކާންވެސް މީރު އެއްޗެކެވެ.

މިއަދު ޓައިޑްސް ކެފޭގެ ހެޔޮ އެދުންތަކާއެކު މަޑިހާ ސަން ބަދިގޭގައި މި ގެނެސްދެނީ ޗިމިޗުރީ ސޯސް ހަދާނެ ގޮތާއި، އެ ސޯސް ބޭނުންކޮށްގެން ފިހުނު ކުކުޅު ފައި ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި

  • 1 ފިޔާ ކުދިކޮށް ކޮށާފައި
  • 30 ގްރާމް ހަަލަޕީނޯ
  • 3 ލޮނުމިދު
  • 30 އެމްއެލް ވިނެގާ
  • ރަހަލާވަރަށް ލޮނު
  • 30 ގްރާމް ކޮރިއެންޑާ ކުދިކޮށް ކޮށާފައި
  • 20 ގްރާމް ޕާސްލީ ކުދިކޮށް ކޮށާފައި
  • 1 މޭޒުމަތީ ސަމުސާ އޮރެގާނޯ
  • 50 އެމްއެލް އޮލިވް އޮއިލް
  • 3 ބޯންލެސް ޗިކަން ތައި
  • ބައި މޭޒުމަތީ ސަމުސާ ބްލެކް ޕެޕާ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތައްޔާރުކުރަނީ ސޯސްގަނޑެވެ. ސޯސް ތައްޔާރު ކުރުމަށް ވަށް ތައްޓަކަށް އޮލިވް އޮއިލް އަދި ވިނެގާ އަޅާށެވެ. އެއަށްފަހު ކުދިކޮށް ކޮށާފައި ހުރި ފިޔާ، ހަލަޕީނޯ، ލޮނުމެދު، ކޮރިއެންޑާ، ޕާސްލީ އަދި އޮރެގާނޯ އަޅައި ރަނގަޅަށް އެއްކޮށްލައި ރަހަ ހެޔޮވަރުކޮށްލާށެވެ.

ޗިކަން ތައްޔާރު ކުރުމަށް ލޮނާއި އަސޭމިރުސް ޗިކަން ތައިގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށް ފަހު ތަވައަކަށް ލައި ފިހެލާށެވެ. ފިހެލާނީ ޗިކަން ތައިގެ 75 ޕަސެންޓް ފިހެވޭ ވަރަށެވެ. ދެން އެއަށް ފަހު ކުރިން ތައްޔާރު ކުރި ސޯސް އަޅާށެވެ. އަދި ބާކީ 25 ޕަސެންޓް ރޯފިލަންދެން ފިހެލާށެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް