އައުޓާ ބޭންކްސް ސެޕްޓެމްބަރު މަހު؟

އައުޓާ ބޭންކްގެ ތަރިން---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "އައުޓާ ބޭންކްސް"ގެ ދެވަނަ ސީޒަން އަންނަ ސެޕްޓެމްބަރު މަހު އަންނާނެކަމަށް ގިނަ ރިޕޯޓްތައް ބުނެފި އެވެ.

އައުޓާ ބޭންކްސްގެ ދެވަނަ ސީޒަންގެ ޝޫޓިން ވަނީ މިދިޔަ މަހު އެއްކޮށް ނިންމާލައިފަ އެވެ. ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތް ޖުލައި މަހު އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެ މަސައްކަތް ނިމުމުން ސީރީޒް ދައްކާނެ ތާރީޚެއް އިއުލާންކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ތިން ހަފްތާއެއް ތެރޭ ދެވަނަ ސީރީޒްގެ ޓީޒާކޮޅެއް ފެނިގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެ ވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ އާ ޖޯންބީޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ.

comment ކޮމެންޓް