ސިޓީ ކައުންސިލުން އިންތިހާބީ ކައުންސިލާ ބައްދަލުކޮށްފި

މާލޭ ސިޓީ ކައުންސިލުގެ މެންބަރުންނާައި، އެ ސިޓީ އަށް އަލަށް އިންތިހާބުވި މެންބަރުން ބައްދަލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލުގެ އިންތިހާބީ މޭޔަރާއި އިންތިހާބީ މެންބަރުންނަށް މައުލޫމާތު ދިނުމަށް އިންތިގާލީ ކޮމިޓީގެ ފަރާތުން މިއަދު ބައްދަލުުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މިހާރުގެ މޭޔަރު ސިފާ މުހައްމަދާއި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މާލޭ ސިޓީގެ އިންތިހާބީ ކައުންސިލަރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ސިފާ ވިދާޅުވީ ކައުންސިލްގެ ފާއިތުވި ދައުރުގައި މަސައްކަތްކުރެއްވި އިރު ގޮންޖެހުންތަކެއް ހުރި ނަމަވެސް ހިތްހަމަޖެހޭ ކަމެއް އެބައޮތް ކަމަށާއި އެގޮތުން މާލޭގެ ބިންތައް އަމާނާތްތެރިކަމާއެކު އާ ކައުންސިލަށް ނަގުލުކުރެވޭތީ އެއީ ހިތްހަމަޖެހުމެއް ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގަައި އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ މި ދައުރުގައި ކައުންސިލުން ފަށާފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް