ގެޓް އިން ދަ ޒޯން: ބޮކްސިންއަށް ޝައުގުވެރިވޭތަ؟

ފިޓްޒޯންއާ ގުޅިގެން މި ރޯދަމަހު ސަންއިން ގެނެސްދޭ ގެޓް އިން ދަ ޒޯން އެކްސަސައިޒް ސީރީޒްގައި ގޭގައި ކުރެވޭނެ ތަފާތު އެކި ކަސްރަތުތައް މި ދަނީ ދައްކައިދެމުންނެވެ.

މިއަދު ފިޓްޒޯންގެ ސީނިއާ ޓްރެއިނާ ރިފާޝް ރިޔާޒް މި ދައްކައިދެނީ ބޮކްސިންގް އަދި ކިކްބޮކްސިންގްއަށް ޝައުގުވެރިވާ މީހުންނަށް ގޭގައި ތިބެގެން ކުރެވިދާނެ ކަސްރަތުތަކެކެވެ.

ރިފާޝް ބުނާ ގޮތުގައި މިއަދު ދައްކައިދޭ ކޮންމެ ކަސްރަތެއްގައިވެސް ހަދަންޖެހޭނީ 20 ރެޕްއެވެ.

އަލަށް ފަށާ މީހުން ކޮންމެ ކަސްރަތެއްގެ ދެ ސެޓެވެ. މީޑިއަމް ލެވެލް ނަމަ ފަސް ސެޓެވެ. އަދި އެޑްވާންސްޑް ލެވެލް ނަމަ ހަތް ސެޓެވެ.

comment ކޮމެންޓް