މަޑިހާ ސަން ބަދިގެ: ޝަކްޝުކާ

ޝަކްޝުކާއަކީ އުތުރު އެފްރިކާ އަދި މެދުއިރުމަަަތީގެ ގައުމުތަކުގައި ހެނދުނުގެ ނާސްތާއަށާއި އެހެނިހެން ބައެއް ގަޑިތަކުގައި ކެއުމަށް ހާއްސަކޮށް ތައްޔާރުކުރާ މީރު ޑިޝްއެކެވެ. ޓޮމާޓޯ އަދި ބިސް އަޅާއިގެން ހަދާ މި ޑިޝް ރޯދަ ވީއްލާ ވަގުތަށް ތައްޔާރުކޮށްލަބަލާށެވެ.

މިއަދު ސަން ބަދިގޭގައިވެސް ތައްޔާރުކޮށްލަން މި އުޅެނީ ޝަކްޝުކާއެކެވެ.

ބޭނުްވާނެ ތަކެތި:

  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ރަތް ބެލްޕެޕާ (ޑައިސްކޮށްފައި)
  • 1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް
  • 250 މިލިލީޓަރު ޕީލްޑް ޓޮމާޓޯ
  • 1 ސަައިސަމުސާ ދިރި (މުގުރާފައި)
  • 2 ޓޮމާޓޯ (ޑައިސްކޮށްފައި)
  • 1 ސައިސަމުސާ ޗިލީ ފްލޭކްސް
  • 1 ސައިސަމުސާ ޗިލީ ޕައުޑާ (މުގުރި މިރުސް)
  • ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް
  • ކޮރިއެންޑާ ފަތް
  • 4 ބިސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބަޓަރުކޮޅެއް ލާފައި ޕޭން ހޫނުކޮށްލާށެވެ. ދެން ފިޔާ، ބެލްޕެޕާ، ޓޮމާޓޯ، ޗިލީ ޕްލޭކްސް، ދިރި، ޗިލީ ޕައުންޑާ އަޅައި މީރުކޮށްލުމަށްފަހު ޓޮމާޓޯ ޕޭސްޓްވެސް އަޅާއި އެއްކޮށްލާށޭވެ. އެއަށްފަހު ޕީލްޑް ޓޮމާޓޯ އަޅާއި 5 މިނިޓު ވަންދެން ރަނގަޅަށް ކައްކާލާށެވެ.

އަދި ކޮރިއެންޑާ ފަތްކޮޅުވެސް އަޅާފައި އެއްކޮށްލާށެވެ. ދެން ގިނި މަޑުކޮށްލުމަށްފަހު ޓޮމާޓޯ މިކްސްޗާގެ ތެރެއަށް ފަހަރަކު ބިހެއް ތަޅަލާށެވެ. ހުރިހާ ބިހެއް ތަޅާލުމަށްފަހު މަޑުގިނީގައި ފަސް މިނިޓު ވަންދެން ބަހައްޓާލާށޭވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް