ޓީވީ އެކްޓަރު ބިކްރަމްޖީތު މަރުވެއްޖެ

އެކްޓަރު ބިކްރަމްޖީތު---

މަގްބޫލު ޓީވީ އެކްޓަރު ބިކްރަމްޖީތު ކެންވާބަލް 52، އަހަރުގައި މަރުވެއްޖެ އެވެ.

ފިލްމުތަކުން ވެސް ފެނިގެންދާ ބިކްރަމްޖީތު މަރުވީ ކޮވިޑް19 އަށް ފަރުވާދެމުން ދަނިކޮށެވެ. އިންޑިއާގެ މިލިޓަރީގައި ވެސް މަސައްކަތްކުރި ބިކްރަމްޖީތު މަރުވުމާ ގުޅިގެން ގިނަ ތަރިންނެއް ސޯޝަލް މީޑިއާގައި އަންނަނީ ހިތާމަފާޅު ކުރަމުންނެވެ.

ދެހާސް ތިން ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުނު އެކްޓަރު ބިކްރަމްޖީތު ވަނީ އާންމުންގެ މެދުގައި މިހާރު ވެސް މަގްބޫލު ފިލްމުތަކެއް ކުޅެދީފަ އެވެ. ހިންދީ ޑްރާމާ ސިލްސިލާތަކުން ފެނިގެންދާ ތަރި ކުޅެފައިވާ މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ޕޭޖް 3"، "މާޑާ 2" ހިމެނެއެވެ.

ބިކްރަމްޖީތު އެންމެ ފަހުން ފެނިގެން ދިޔައީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ގެނެސްދިން މަގްބޫލު ސީރީޒް "ސްޕެޝަލް އޯޕްސް" އިންނެެވެ. އޭނާ ކުޅެފައިވާ ބައެއް ޑްރާމާ ތަކުގެ ތެރޭގައި "ދިޔާ އޯރް ބާތީ ހަމް" އަދި "ޔޭ ހޭ ޗާހަތެއިން" ހިމެނެ އެވެ.

comment ކޮމެންޓް