ލޫސިފާގެ ސީޒަން ފަހެއްގެ ދެވަނަ ބައިގެ ޓްރެއިލާ ބެލިންތަ؟

ލޫސިފާ އިން ފެނިގެންދާ ތަރިން---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް)ގެ ދެވަނަ ބައިގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ.

ސީރީޒްގެ ޓްރެއިލާ އާންމުކުރުމާ އެކު ގިނަ ބަޔަކު އަންނަނީ އެ ބައި ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. މިބައިގެ ޓްރެއިލާ އިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އިރު ސީރީޒްގެ ފަހު ބައި ކަމަށްވުމާ އެކު މި ބައި ކުރީ ބައިތަކަށްވުރެ ރީތިވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ލޫސިފާ ސީޒަން ފަހެއްގެ ދެވަނަ ބައިގެ ޓްރެއިލާއަށް މިހާތަނަށް މިލިއަނަށް ވުރެ ގިނަ ލައިކް ލިބިފައިވާ އިރު މި ސީރީޒަކީ މި މަހު 28 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ ސީރީޒެކެވެ.

ފަހު ސީޒަން ދެ ބަޔަަކަޢް ބަހާލައިހެން ގެނެސްދޭ ލޫސިފާގެ ފަހު ސީޒަންގެ ފުރަތަމަ ބައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެޓްފްލިކްސްގައި ޕްރިމިއާކޮށްފަ އެވެ. މި ސީރީޒްއަަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒެކެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން 2019 އަހަރު ދެއްކިއިރު، މި ޝޯއަކީ އެ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސްމެ އެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރު ވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސް އެވެ. ލޫސިފާގެ ލީޑު ރޯލުން ފެނިގެންދަނީ ޓޮމް އެލިސް އަދި ލޯރެން ޖަރމަން އެވެ.

comment ކޮމެންޓް